ޚަބަރު އިޖުތިމާޢީ

1696 ބްރޭންޑެޑް ފުޅިއާއި 23 ޕެޓް ފުޅިއާއި 1331ދަޅު ބިޔަރު ނައްތާލައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ދޫނިދޫގައި ހުރި ބަނގުރާތައް/ ފޮޓޯ:ފުލުހުން

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ދޫނިދޫ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ މިއަދު ނައްތާލާފައިވަނީ 1696 ބްރޭންޑެޑް ފުޅި އާއި 23 ޕެޓް ފުޅި އަދި 1331 ދަޅު ބިޔަރު ކަމަށެވެ.

މި ތަކެއްޗަކީ ފުލުހުންގެ ހިދުމަތައް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން، ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތް ގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރަލުގެ އިތުރުން ކޭސް ކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށް ފުލުހުން ބުންޏެވެ.

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އޭގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 64 އައިޓަމްއެއްވެސް މިއަދު ނައްތާލާފައިވާ ކަމަށެވެ.

ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި، ކޮތަޅާއި ނޫސްކަރުދާހާއި ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!