އެމްއެސްޕީއޭ ފިލްމު އެވޯޑްސް: 29 ކެޓެގަރީއަކުން އެވޯޑު ދޭނެ
އަންނަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ އެމްއެސްޕީއޭ ފިލްމު އެވޯޑްސްގައި ޖުމްލަ 29 ކެޓެގަރީއަކުން އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 05 ވަނަ ދުވަހަށް ހަމަވާނެ އެވެ.
މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގް އާޓްސް, އެމްއެސްޕީއޭއިން ފިލްމު އެވޯޑެއް މި ބާއްވަނީ މުޅިން އަލަށެވެ. މި އެވޯޑުގައި ހިމަނާފައިވާ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހާއްސަކޮށްފައިވަނީ މަޝްހޫރު ވެޓެރެން އެކްޓަރު ޗިޅިޔާ މޫސާ މަނިކަށެވެ. އެވޯޑުގައި ބައިވެރި ކުރެވޭނީ 2018 ވަނަ އަހަރުން ފެށިގެން މިދިޔަ 2023 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކުރި ފިލްމުތަކެވެ. އެގޮތުން މިއަހަރު އެވޯޑު ދޭ ކެޓަގަރީ ތަަކަކީ:
- އެންމެ މޮޅު ވިޟުއަލް އެފެކްޓްސް
- އެންމެ މޮޅު މޭކަޕް ގްލެމަ
- އެންމެ މޮޅު މޭކަޕް ސްޕެޝަލް އިފެކްޓްސް
- އެންމެ މޮޅު ކޮސްޓިއުމް ޑިޒައިނަރ
- އެންމެ މޮޅު ލިރިކްސް
- އެންމެ މޮޅު ސިނެމަޓޮގްރާފަ
- އެންމެ މޮޅު އެޑިޓަރ
- އެންމެ މޮޅު ސްކްރީން ޕްލޭ އޮރިޖިނަލް
- އެންމެ މޮޅު ސްކްރީން ޕްލޭ އެޑޮޕްޓަޑް
- އެންމެ މޮޅު ބެކްގްރައުންޑް ސްކޯ
- އެންމެ މޮޅު އޮރިޖިނަލް މެލޮޑީ
- އެންމެ މޮޅު ކޮރިއޮގްރާފަރު
- ޗިޅިޔާ މޫސާ މަނިކު ލައިފްޓައިމް އެވޯޑް 1
- ޗިޅިޔާ މޫސާ މަނިކު ލައިފްޓައިމް އެވޯޑް 2
- އެންމެ މޮޅު ޗައިލްޑް އާޓިސްޓް
- އެންމެ މޮޅު ޕްލޭބެކް ސިންގަ އަންހެން
- އެންމެ މޮޅު ޕްލޭބެކް ސިންގަ ފިރިހެން
- އެންމެ މޮޅު ޑެބިއު ފިރިހެން
- އެންމެ މޮޅު ޑެބިއު އަންހެން
- އެންމެ މޮޅު ސަޕޯޓިން އެކްޓަ އަންހެން
- އެންމެ މޮޅު ސަޕޯޓިންގް އެކްޓަ ފިރިހެން
- އެންމެ މޮޅު އެކްޓަ އަންހެން
- އެންމެ މޮޅު އެކްޓަ ފިރިހެން
- އެންމެ މޮޅު ޑައިރެކްޓަރ
- އެންމެ މޮޅު ފިލްމް
- ބެސްޓް ސްޓޯރީ
- ބެސްޓް އެކްޓަ (ނެގެޓިވް)
- ބެސްޓް އެކްޓަ (ކޮމިކް)
- އެންމެ މޮޅު ސައުންޑު އިންޖިނިއަރ
އެވޯޑު ހަފްލާގެ އިތުރުން އެވޯޑަށް ހުށަހަޅާ ފިލްމުތައް ދައްކައިލުމަށް އޮލިމްޕަސް ސިނަމާގައި ފިލްމު ފެސްޓިވަލެއްވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. އެގޮތުން ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން އެމަހުގެ 29 ވަނަ ދުވަހަށް މި ފެސްޓިވަލް ކުރިއަށް ދާނެ އެވެ.
އެމްއެސްޕީއޭ ފިލްމު އެވޯޑްސް ބާއްވަނީ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް, އެންސީއޭއާއި ގުޅިގެންނެވެ.
މި އެވޯޑުގެ ފޮޓޮގްރަފީ ޕާޓްނަރަކީ ލައިޓްސް އައުޓު ޕްރޮޑަކްޝަނެވެ. މީގެ އިތުރުން ހައިޕް މޯލްޑިވްސް, އިންޑިއާ ހައި ކޮމިޝަން, އިންޑިއާ ކަރްނާޓަކާގެ އޭބީ ނެޓްވޯކްސް އަދި ދިވެހި ސްކްރީނުން ބައިވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ. މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަރަކާޓްތެރިވާނީ ޕީއެސްއެމްގެ އިތުރުން ދެން އޮންލައިން އެވެ.