ޚަބަރު

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.69 މިލިއަން ސިނގިރޭޓު ސްޓިކްސް ކަސްޓަމްސްއިން އަތުލައިގެންފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.695 މިލިއަން ސިނގިރޭޓު ސްޓިކްސް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

Ads by Hajj Corporation

އެކަމާ ގުޅިގެން ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގެންފައިވަނީ ހޯކްސް ޕްރައިވެޑް ލިމިޓެޑްގެ އެޖެންޓުގެ ދަށުން މި މަހުގެ 24 ވަނަ ދުވަހުގެ ރާއްޖެ އައި "އެމް.ޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު މި މަހުގެ 25 ވަނަ ދުވަހު ރޭ ލިބެގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އެ ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އެތަކެތި އަރުވައިގެން ކ. ތިލަފުއްޓަށް ގެންދިޔަ ކަމަށެވެ. އަދި އެތަނުން އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޓްރަކަކަށް އަރުވާފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ. އަދި މި ތަކެތި އަތުލައިގެންފައިވަނީ ތިލަފުށީން ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ އެތަކެތި ބޭލުމަށް މަސައްކަތްކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު ތިލަފުށީގައި ހުންނަ ހޯކްސްގެ ބޯޓު ޔާޑަށް ކަމަށެވެ.

އެ ތަކެތި ބޭލި ބޯޓު ޔާޑުގައި އިތުރު ސިނގިރޭޓް ހުރިކަމަށް ޝައްކުކުރެވިގެން ކޯޓު އަމުރުގެ ދަށުން އެތަން ބަލައި ފާސްކުރަމުގެ ތެރޭގައި، އެ ބޯޓުޔާޑުގައި ހުރި އެކޮމޮޑޭޝަނުންނާއި ވޯކްޝޮޕުން "މެންޗެސްޓާ" ބްރޭންޑުގެ ސިނގިރޭޓު ފެނުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މަރުހަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެ މަތިން އަމަލުކުރާނެ ކަމަށެވެ. އަދި ކަސްޓަމްސް ގާނޫނު ތަންފީޒު ކުރުމުގައި ފަސްނުޖެހޭނެ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!