ޚަބަރު

ބަޖެޓު 2025: އެންމެ ބޮޑު ހިލޭ އެހީއެއް އިންޑިއާއިން 

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް އިންޑިއާއިން ލިބޭނެކަމަށް ލަފާކޮށް، ބަޖެޓުގައި ހިމަނައިފި އެވެ.

Ads by STELCO

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

އޭގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒުކޮށްފައި ވަނީ 2.6 ބިލިއަން ރުފިޔާ އެވެ.

ބަޖެޓުގައިވާ ގޮތުން އިންޑިއާއިން ލިބޭނެކަމަށް އަންދާޒާކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާ އެވެ.

އެއަށްފަހު ދެން ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ޗައިނާއިން އެވެ. އެއީ 500 މިލިޔަން ރުފިޔާ އެވެ.

ޗައިނާއާއި އިންޑިއާއަކީ މިހާރުވެސް ހިލޭ އެހީ ވަރަށް ގިނަ އަދަދަކަށް ދެމުންދާ ދެ ގައުމެވެ.

އޭގެ އިތުރުން ރާއްޖެއަށް މިހާރުވެސް ހިލޭ އެހީ ދެމުންގެންދާ ސައުދީ އަރަބިއްޔާ އަދި ޖަޕާނުން ވެސް ހިލޭ އެހީ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި ބޮޑު އަދަދެއް ޖެހި ނަމަވެސް އެ އަދަދަށް އެހީ ނުލިބޭކަން ފާހަގަކޮށްލެވެ އެވެ.

Ads by Ooredoo
  1. ހިލޭއެހީ ލިބުނީމާ އޭގެ ބޮޑުބައި ވަންނަނީ ބޮޑެތި މީހުންގެ ޖީބަށް…..ދެން ޢާއިލާގެ އެންމެނަށް ފުލެޓާއި ގޯތި ގަންނަނީ…..ދެން ކޮންމެ ބަޔަކު ވެސް ވެރިކަމަށްއާދެވުނީމާ ބުނަނީ މަސްއަލަ ބަލަނީއޭ….ނޫސް ތަކުގައި ސުރުޚީ ޖަހާލީމާ ނިމުނީ.ބައެއް ނޫސްތައް ވެސް މިތިބެނީ އެމީހުންގެ ޖީބުގައި…އެހެންތާވާނީ ތިމާމެން ބޭބޭ ފުޅުން ވެސް މިތިބީ ޖީބަށް އެތިއެތި ކޮޅި އަޅައި ފުރާލައިގެން…..ޤަބޫލު ކުރިޔަސް ނުކުރިޔަސް ޙައްލަކީ ޢުމަރު.