ޚަބަރު އިޖުތިމާޢީ

ވެސްޓް ޕާކް ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ބަހަކުން ޖެހިއްޖެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާލެ ސަރަހައްދުގައި ބޭނުން ކުރަމުން އަންނަ އާރުޓީއެލް ބަސްތަކެއް / ފޮޓޯ:ދެން އިމޭޖްސް

ވެސްޓް ޕާކް ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އެ ސަރަހައްދުން ދުއްވާފައި ދިޔަ ބަހަކުން ޖެހިއްޖެ އެވެ.

Ads by STELCO

ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ ވެސްޓް ޕާކް ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އެ ސަރަހައްދުން ދުއްވާފައި ދިޔަ ބަހަކުން ޖެހިފައި ވަނީ އިއްޔެ ހަވީރު ކަމަށެވެ.

އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ހަވީރު 5:40 ހާއިރު ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނިއިރު، އެކްސިޑެންޓާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.

އެކްސިޑެންޓުތައް އިތުރުވާތީ, ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށާތާ ފަސް މިނެޓުގެ ތެރޭގައި ފުލުހަކު ފެންނަން ޖެހޭނެ ގޮތަށް ފުލުހުންގެ ޕޮލިސީއެއް ވަނީ ކަނޑައަޅާފަ އެވެ. އެކަމާ ގުޅޭގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައި ވަނީ މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި މާލެ ސިޓީގެ 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

އެ މަސައްކަތްތައް މޮނިޓާކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރުތަކެއް މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވި ގޮތުގައި ސީނިއާ ފުލުހުން އެ ސެންޓަރުތަކުގައި 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ ކަމުގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!