އާސަންދައިގެ ދަށުން 1300 މީހުން މެޑިކަލް ޗެކްއަޕް ހަދައިފި
މާލޭ ސަރަހައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލްތަކުން 1300 މީހުން އާސަންދަ ސްކީމްގެ މެޑިކަލް ޗެކްއަޕް ހަދާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފި އެވެ.
ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު ދެ ފަހަރު އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހެއްދޭގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 14 ހަފުތާގެ ވައުދެކެެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ރައީސްގެ ވައުދުފުޅާ އެއްގޮތައް މި ފުރުސަތު ހުޅުވާލާފައިވާއިރު އައިޖިއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން މިހާތަނަށް 1336 މެޑިކަލް ޗެކަޕް ހަދާފައިވާ ކަމަށެވެ.
އޭގެ ފައިދާ މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ ކަމަށް އަބްދުއްރައްޒާގު ވިދާޅުވި އެވެ.
"އަބަދުވެސް ޓާޝަރީ ކެއާގެ ހޮސްޕިޓަލްތަކަށް މިއަންނަނީ ބަލިވީމަ އެއަށް ފަރުވާ ހޯދަން. އެކަމަކު ބަލިވުމުގެ ކުރިން ނޫނީ އެބަލި ބޮޑުވުމުގެ ކުރިން ކަމެއް ހުރިތޯ ދެނެގަނެވޭނެ ގޮތްތައް ގާއިމުކުރެވިފައި މިވަނީ"
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ސިއްހީ ދާއިރާއަށް ރައީސް މުއިއްޒު ހާއްސަ އަހަންމިއްޔަތުކަން ދެއްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތައް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައި މަހުގަ އެވެ.
އަހަރަކު 2 ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވަނީ ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަގްސަދުގަ އެވެ.
އާސަންދައިން ބުނީ 35 އަހަރުން މަތީގެ އުމުރުފުރާއާއި 40 އަހަރުން މަތީގެ އުމުރުފުރާތަކަށް ހާއްސަކޮށްގެން ކެންސަރު ބަލި ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓުތައް މި ޕެކޭޖްގައި ހިމެނޭނެ ކަމަށެވެ.
ކެންސަރު ސްކްރީނިންގެ ތެރެއިން ވަކި މުއްދަތަކަށް ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ އެހެން ޓެސްޓުތައް ސްކީމުގެ ތެރެއިން އަހަރަކު އެއް ފަހަރު ހެދޭނެ ކަމަށް އާސަންދައިން ބުނެ އެވެ.
އޮގަސްޓް މަހު ތި އެއް ހަދަން ނަންނޯޓު ކޮއްގެން މި އުޅެނީ
އަދިވެސް ނަންބަރާ ނުޖެހޭ
ޢެއްވެސްް ތަާކުު ނުޖެހޭެ ޗެކަޕެއްް. ޔަޢުނީީ ނަތީޖާާ ބަލާނެެެ ތަޖުރިބާަ ޑޮކްޓަރުންް ނެތ ޓެސްޓުންް ޙާސިލްް ވާނެެ ނަތީޖާއެއްް ނެތ!