Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

އިތުރު 19 ރަށެއްގައި އެމްއައިބީން އޭޓީއެމް ބަހައްޓަނީ

އިތުރު 19 ރަށެއްގައި އެމްއައިބީން އޭޓީއެމް ބަހައްޓަނީ
މީހުން ދިރިއުޅެމުން އަންނަ އިތުރު 19 ރަށެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ބެހެއްޓުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ. ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވި އެވެ. އެމްއައިބީގެ އޭޓީއެމް ހިދުމަތް ފުޅާކުރުމުގެ ފަހުމުނާމާގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޗީފް އެގްޒެކެޓިވް އޮފިސަރު މުފައްދަލް އިދްރީސް ހުމްރީ އެވެ. [caption id="attachment_250777" align="alignnone" width="690"] އެމްއައިބީގެ އޭޓީއެމް ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް[/caption] އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އެމްއައިބީގެ ސީއީއޯ ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި ވަނީ އަންނަ އަހަރު އެ ބޭންކުން އޭޓީއެމް އަޅާނެ ރަށްތައް ފާހަގަކުރައްވާފަ އެވެ. އެއީ:
  • ހއ. އިހަވަންދޫ
  • ހދ. ހަނިމާދޫ
  • ށ. ފުނަދޫ
  • ރ. ހުޅުދުއްފާރު، އެ އަތޮޅު އުނގޫފާރު އަދި ދުވާފަރު
  • ބ. ކެންދޫ، އެ އަތޮޅު ތުޅާދޫ އަދި ގޮއިދޫ
  • ކ. ހިންމަފުށި
  • އއ. ތޮއްޑޫ
  • އދ. މާމިގިލި
  • މ. މުލަށް އަދި އެ އަތޮޅު ދިއްގަރު
  • ދ. މީދޫ
  • ލ. ފޮނަދޫ އަދި އެ އަތޮޅު އިސްދޫ-ކަލައިދޫ
  • ގދ. ފަރެސްމާތޮޑާ
  • ސ. ހުޅުމީދޫ
މިހާރު 12 އަތޮޅުގެ 18 ރަށެއްގައި އެމްއައިބީގެ 39 އޭޓީއެމް ގާއިމުކޮށްފައިވާއިރު، އަންނަ އަހަރުގެ ނިޔަލަށް އެމްއައިބީގެ އިތުރު 23 އޭޓީއެމް އެކި ރަށްރަށުގައި ގާއިމުކުރެވޭނެ އެވެ. މި މަޝްރޫއު ނިމޭއިރު އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް 16 އަތޮޅެއްގެ 37 ރަށަކަށް ފޯރުކޮށްދޭނެ އެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާ އެކު ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް