Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވުމަށް ހަލީލް ސައުދީ އަށް

އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވުމަށް ހަލީލް ސައުދީ އަށް

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސައުދީ އަރަބިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ، ސައުދީ އަރަބިއާ އަށް ފުރާވަޑައިގެންނެވީ އެ ގައުމުގެ ސަރުކާރުގެ އިސްނެންގެވުމާއެކު ބާއްވާ އެކްސްޓްރާ އޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓާއި، އެ ސަމިޓަށް ތައްޔާރުވުމުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

އަދި އެ ދަތުރުގައި ފަލަސްތީނުގެ ރައްޔިތުންނާއި އިސްލާމީ އުއްމަތުގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވުމާއި ގުޅިގެން އިސްލާމީ ގައުމުތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/abkhaleel/status/1855118182857453718

"އިސްލާމީ އުންމަތުގެ ހިތްދަތިކަން ފިލުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. އަނިޔާވެރި ހަނގުރާމައާއި ޖަރީމާގެ އަމަލުތައް މިހާރު ހުއްޓާލަން ޖެހޭ،" މިނިސްޓަރުގެ  ޕޯސްޓުގައި ވިދާޅުވި އެވެ.

ބޭރުގެ ހަބަރުތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އަރަބް-އިސްލާމިކް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

އެ ސަމިޓް ބާއްވާ ސައުދީން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގަމުންދާ އަމަލުތަކާއި ހަމަލާތަކާއި، ލުބުނާނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. ސައޫދީ ޕްރެސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީން އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ކުރާ ނޭދެވޭ އަސަރުތަކާއި ލުބްނާނުގެ އިސްތިގުލާލަށް ހުރި ނުރައްކާތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް