Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަސްތުވާތަކެތި ގެންގުޅުނު 65 އަހަރުގެ މީހަކު ހައްޔަރަށް

މަސްތުވާތަކެތި ގެންގުޅުނު 65 އަހަރުގެ މީހަކު ހައްޔަރަށް

ޖީބުންނާއި އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ އަތޮޅު ރަށެއްގެ އުމުރުން 65 އަހަރުގެ ފިރިހެނެކެވެ.

އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

މަސްތުވާތަކެތި ބޭނުންކޮށްގެން ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ މީހާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މައްސަލާގައި ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ލިބިފައިވެ އެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ކަމަށް އަމުރުގައި ބަޔާންކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކަ އެވެ.

އަމުރުގައި ބުނީ ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ވަގުތީ ގޮތުން ބެލިބެލުމުން ދެ ގްރާމުގެ މެތު އަދި 1 ގްރާމްގެ ހެރޮއިން ހުރި ކަމަށެވެ.

ގާނޫނީ ގޮތުން ބަލާއިރު ގިނަ އަދަދެއްގެ ތަކެއްޗަށްވާއިރު ފެނުނު ތަކެއްޗަކީ އެކި ބާވަތުގެ ތަކެތި ކަމުގައިވުމުން އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވުމެއް އޮތް ފަރާތެއް ކަމަށް ބެލެވޭތީ މިފަދަ ފަރާތެއް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް