ޚަބަރު

ރައްޔިތުންނަށް މިނިވަންކަން ދިނުމަށް ޑީއާރްޕީ އިން ގޮވާލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހި ރައްޔިތުންގެ މިނިވަންކަމަށް އަރައިގަންނަ ކަމަށް ބުނެ ދިވެހި ރައްޔިތުންގެ ޕާޓީ
(ޑީއާރްޕީ) އިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

Ads by Hajj Corporation

ޑީއާރްޕީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އުޒުރަކަށް ހަދައި ރައްޔިތުން ހިޔާލު ފާޅުކުރަން މަގުމައްޗަށް ނުކުތުމުން، ވެރިޔަކީ ކާކުކަން އޮޅިފައިވާ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މިނިވަން ކަމަށް އަރައިގަތުން އެ ޕާޓީ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިސްކޮށް ހުންނަވައި ހިންގަވާ ޑީއާރްޕީ އިން ވަނީ އިއްޔެގެ މުޒާހަރާ އާ ގުޅިގެން ހައްޔަރު ކުރި އެންމެނާއި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާފައެވެ.

މީގެ އިތުރުން ވަގުތު ސަލާމަތްކުރުމަށް، ޖާބިރު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު "ވަގުތުން ވަގުތަށް" ފާސްކޮށް، ރައްޔިތުންނަށް މިނިވަންކަން ދިނުމަށް ވަނީ ގޮވާލާފައެވެ.

ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ކުރީގެ ސަރުކާރުން ގާނޫނަށް ގެނެސްފައިވާ އިސްލާހު މި ސަރުކާރުން އުވާނުލާ ކަމަށް ބުނެ މީގެ ކުރިން ވެސް ޑީއާރުޕީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

 

Ads by Allied Insurance
  1. ކަބުރުބޭ

    ހޮއި…ހޮއި…. ޖާބިރޭޭޭ…ކަލޯ ބޭނުން ގޮތަކަށް ނުވާނެ ތިކަމެއް ހުއްޓާލާ. ވަގުން މިނިވަން ކުރަންދޭ ކަލޭ ކާށިދުއާ ގާފަރާ ދޭތެރޭ އެލުވިގެން އޮންނަން އެއްކަލަ އުނދޯލީގަ