Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތަފާތު ހަރަކާތްތަކާއެކު "އުރީދޫ ފަންރަން"، ބައިވެރިވެވޭނީ މިރޭގެ ނިޔަލަށް

ތަފާތު ހަރަކާތްތަކާއެކު "އުރީދޫ ފަންރަން"، ބައިވެރިވެވޭނީ މިރޭގެ ނިޔަލަށް

ކުލަޖެހުމާއި، ފެންކުޅުމާއެކު ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކުރިއަށްގެންދާ އުރީދޫ ފަންރަންގައި ބައިވެރިވުމުގެ ބައިވެރިވުުުމުގެ ފުރުސަތު އޮތީ، މިރޭ 11:59އާ ހަމައަށެވެ.

އެ މެރަތަންގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.

"ފަން ރަން" ކުރިއަށްދާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ. އަދި އެ ރަން ފެށުމަށް ހަމަޖެހިފައިވައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. އަލަށް ބައިވެރިވާ މީހުންނާއި، އާއްމުކޮށް ދުވާ މީހުންނަށް ވެސް ފަސޭހަވާނެހެން މި ފަހަރުގެ މެރަތަންގައި ދުވާނީ ފަސް ކިލޯ މީޓަރަށެވެ.

Advertisement
Ooredoo — Square (box)

https://twitter.com/OoredooMaldives/status/1854866425078596055

އެ ރަންގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 210ރ. ގެ ފަން ކިޓެވެ.

މި ރަންގައި ބައިވެރިވާން ބޭނުން ފަރާތްތަކުން<a href="https://www.moolee.mv/search-result?search=Fun%20run&amp;taxon_code=&amp;page=1&amp;limit=10&amp;sort=&amp;brand=&amp;option=&amp;min=&amp;max=&amp;type=search-result-page"> އުރީދޫ މޫލީއިން</a> ބޭނުންވާ ކިޓެއް ބައްލައިވައިގަތުމުން ރަންގައި ބައިވެރިވެވޭނެ އެވެ.

އުރީދޫއިން އަންނަނީ މި ހަރަކާތް ކޮންމެ އަހަރަކުވެސް ބާއްވަމުންނެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހު ވަނީ ފަންރަންއެއް ލ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް