ބްރިޖުގެ ފެންސުގައި ޖެހި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ސިނަމާލެ ބްރިޖު އެއާޕޯޓު ލައިޓު ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ފެންސުގައި ޖެހުމާ ގުޅިގެން ސައިކަލުގައިއިން މީހާއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ސިނަމާލެ ބްރިޖު އެއާޕޯޓު ލައިޓު ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ފެންސުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ ފަތިހު 5:25 ހާއިރު އެވެ.
މީޑިއާތަަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"އެއީ 53 އަހަރުގެ ދިވެހި ފިރެހެނެއް. މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،"
އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ބުރިޖުގެ މަގު އެއަރޕޯޓާއި ދިމާލުން މާހަނީތަ؟