ރާއްޖޭގެ ފުރަތަމަ އައިއެސްއޯ ސަޓިފައިޑް ކޯލް ސެންޓަރަކަށް އުރީދޫ ކޯލް ސެންޓަރު
ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އައިއެސްއޯ ސަޓިފައިޑް ކޯލް ސެންޓަރުގެ ސެޓްފިކެޓް އުރީދޫ މޯލްޑިވްސް ކޯލް ސެންޓަރުން ހާސިލުކޮށްފި އެވެ.
އުރީދޫން ބުނީ އައިއެސްއޯ ސެޓްފިކޭޝަން ޕްރޮސެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށިއިރު، ދޮޅު އަހަރު ދުވަހުގެ ތެރޭގައި މި ކޯލް ސެންޓަރު އިންޓަނޭޝަނަލް މިންގަނޑުތައް ތަންފީޒު ކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދައި އަދި އެސެސްމަންޓްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.
މި ކޯލް ސެންޓަރު މެނޭޖްމަންޓުގެ މުހިންމު ކަންތައްތަކުގައި ހިމެނެނީ ސާވިސް އެފިޝަންސީ އާއި ރެސްޕޮންސިބިލިޓީ އާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ޑޭޓާ ސެކިއުރިޓީ އަދި ސާވިސް ރިލައިބިލިޓީ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ މި ސެޓްފިކޭޝަނުގެ ސަބަބުން ކަސްޓަމަރުންނަށް އީޖާދީ ހިދުމަތް ދިނުމުގައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި ޔަގީންކަމާއި ރާއްޖޭގެ ޑައިނަމިކް މާކެޓުގެ ކުރިއަރަމުން އަންނަ ޑިމާންޑްތައް ފުއްދުމަށް ޓަކައި ރެޒިލިއަންޓް އަދި ހައި ޕާފޯމިން ސާވިސް އިންފްރާސްޓްރަކްޗާއެއް ބިނާކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ފާހަގަވެގެންދާނެ ކަމަށެވެ.
އުރީދޫން ޑިޖިޓަލް މޯލްޑިވްސްގެ ދަތުރު ކުރިއަށްގެންދާއިރު، މި ސެޓިފިކޭޝަނަކީ ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް ކުރިއެރުންތައް ހޯދުމުގެ ލެގަސީއަށް އިތުރުވި ޗެޕްޓަރެއް ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.
މި ސެޓްފިކޭޝަނުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އުރީދޫން ކުރަމުން އަންނަ އަމާޒަށް އިތުރު ކުރިއެރުމެއް ލިބިގެންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފެނިގެންދަނީ އެ ކުންފުނިން މިހާރު ވެސް ސާވިސް އެކްސަލަންސްއަށް ކުރާ މަސައްކަތްތައް ކަމަށް އުރީދޫން ބުނެ އެވެ.
މީގެ އިތުރުން އުރީދޫން ބުނީ މި ކާމިޔާބީގެ ސަބަބުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތައް ގެންގުޅުމަށާއި މަސައްކަތް ކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި ކޯލް ސެންޓަރުގެ އޮޕަރޭޝަންތަކުގައި ކަސްޓަމަރުންގެ ތަޖުރިބާގެ ފެންވަރު ރަނގަޅު ކުރުމަށް އުރީދޫން ކުރާ މަސައްކަތްތައް ފެނިގެންދާނެ ކަމަށެވެ.
މި ކާމިޔާބީ އާއެކު އުރީދޫން ވަނީ ރާއްޖޭގެ ކޯލް ސެންޓަރުތަކުގެ ކޮލިޓީއަށް އާ ބެންޗްމާކެއް ގާއިމުކޮށް، ކަސްޓަމަރުންނަށް ހިދުމަތުގެ ފެންވަރު ރަނގަޅުކަމުގެ ޔަގީންކަންދީ، ޓެލެކޮމިއުނިކޭޝަންގެ ސަރަހައްދީ ލީޑަރެއްގެ މަގާމު އިތުރަށް ހަރުދަނާކޮށްފަ އެވެ.
އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވަކިވަކި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އިތުބާރުކުރެވޭ ޕާޓްނަރެއްގެ ގޮތުގައި ހިމަނާފައިވާއިރު، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ އަގުވަޒަންކުރާ ކަމަށް އުރީދޫން ފާހަގަކުރެ އެވެ.
އުރީދޫ ވެގެންދަނީ މި ސަރަހައްދުގެ ދެވަނަ އައިއެސްއޯ ސަޓިފައިޑް ކޮންޓެކްޓް ސެންޓަރަށެވެ.
މި މުހިންމު ސެޓިފިކޭޝަންގައި އުރީދޫގެ އިން-ހައުސް ކޯލް ސެންޓަރުގެ އޮޕަރޭޝަންތަކާއި ކްލައިންޓް ކޯލް ސެންޓަރުގެ މެނޭޖްމަންޓް ހިމެނޭއިރު، ފެންވަރު ރަނގަޅު ހިދުމަތާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި އޮޕަރޭޝަނަލް އެކްސެލެންސްއަށް އެ ކުންފުނިންދޭ އަހައްމިޔަތުކަން އުރީދޫން ފާހަގަކުރެ އެވެ.