މިނިސްޓަރު ފައްޔާޒާއި ދެކޮޅަށް މަސައްކަތް ކުރާ އަނދުން ހުސެއިން ރައީސް ޞާލިހާއެކު އާރަށުގައި!

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމު، މިވަގުތު ހުންނެވީ ރައީސް ޞާލިހުގެ އަރިހުގައި އާރަށުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ނަންހާމަ ނުކުރުމަށް ޝަރުތުކޮށް އެމްޑީޕީގެ އިސް އޮފިޝަލަކު ވަނީ މިކަން "ދެން"އަށް ކަށަވަރު ކޮށްދީފައެވެ.
އަނދުން ހުސައިންއަކީ މިނިސްޓަރު ފައްޔާޒާއި ދެކޮޅަށް ޕެޓިޝަންގައި ސޮއިކޮށް އެކަމަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށް "ދެން" އަށް ވަނީ މައުލޫމާތު ލިބިފައެވެ. ރައީސް ޞާލިހު ވަނީ ފައްޔާޒުގެ ދިފާއުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައެވެ.
އެހެންކަމުން ރައީސް އަރިހުގައި މިވަގުތު އަނދުން ހުސައިން އާރަށުގައި ކުރައްވަމުން ދަނީ އެކަމާއި ގުޅޭ މަޝްވަރާތައް ކަމަށް ބެލެވޭ ކަމަށް އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
ދިހަހާސް ކާރު ގަރާޖު ކުރެވޭވަރު ކޯސްޓު ކިރުދަޅެއް މިފަހަރު ލިބޭނެ.
މި އަދުން ހުސޭނަކީ ބައެއް ގަޑިގަޑީގައި ނައިސްވެފައި ހުންނަ މީހެއް. އަނބި މީހާ އަށް އަނިޔާކުރާ ރުޅިގަދަ މީހެއް. ދާދިފަހުން އަގުބޮޑު ކާރުތަކެއް އޮޅުވާލައިގެން އެތެރެކުރީ މީނަވެސް ގުޅިގެން ކަމަށް އަޑުފެތުރިފަވޭ. އަންނިގެ ވަރަށްގާތް މީހެއް. އެމްޑީޕީ އަށް އަބަދުވެސް ޚަރަދުކުރޭ