Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުލުހަކަށް ހަމަލާދޭން އުޅުނު މީހާ ތަހުގީގު ނިމެންދެން ބަންދު ކޮށްފި

ފުލުހަކަށް ހަމަލާދޭން އުޅުނު މީހާ ތަހުގީގު ނިމެންދެން ބަންދު ކޮށްފި

މިދިޔަ ހުކުރު ދުވަހު ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރުކުރި އދ. ދަނގެތި، ލިލީގެ ހުސައިން ފާއިގް (33އ)، އެ މައްސަލައިގެ ތަހުގީގު ނިމެންދެން ބަންދު ކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައިގައި ހައްޔަރުކުރި ފާއިގުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން، ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ތޫނު އެއްޗަކުން ފުލުހަަކަށް ހަަމަލާ ދޭން އުޅުނު ކަމުގެ ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ އިރުއޮއްސި 06:30 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

Advertisement
Ooredoo — Square (box)

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ވަޅިން ހަމަލާދޭން އުޅުނު މީހާ ހުއްޓުވަން އުޅުނު ފުލުސް އޮފިސަރަށް ވެސް ހަމަލާދޭން އުޅެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުން އޭނާ އެންމެ ފުރަތަމަ ހަމަލާދޭން އުޅުނީ މަގުރިބު ނަމާދުކުރަން ހުރި މުދިމަކަށެވެ.

ހަމަލާދޭން އުޅުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވިޑީއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެމީހާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވެ އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް