Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ބުޅާ ފެސިލިޓީއަށް ސާޖިކަލް ސާމާނު ހޯދަނީ

ބުޅާ ފެސިލިޓީއަށް ސާޖިކަލް ސާމާނު ހޯދަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކޮށްފައިވާ ޕެޓް ކެއާ ފެސިލިޓީ، އޮޅުހިޔާއަށް ބޭނުންވާ ބައެއް ސާމާނު ހޯދަން މާލެ ސިޓީ ކައުންސިލުން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

ސިޓީ ކައުންސިލުން މީގެކުރިން 3 ފަހަރެއްގެ މަތިން ކެޓް ޝެލްޓާއަށް ބޭނުންވާ ތަކެތި ހޯދުމަށް އިއުލާނުކުރި އެވެ. ޝެލްޓާއަށް ބޭނުންވާ ތަކެތި ހޯދުމަށް މިދިޔަ ސެޕްޓެމްބަރު މަހު ބަޔަކާ ހަވާލު ވެސް ވަނީ ކޮށްފަ އެވެ.

ސިޓީ ކައުންސިލުން އިއްޔެކުރި <a href="https://www.gazette.gov.mv/iulaan/317003">އިއުލާނުގައި</a> ބުނީ، ކެޓްޝެލްޓާއަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި މެޓީރިއަލްސް ހޯދުމަށް ބޭނުންވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އިއުލާނުގައި ބުނެފައިވާ ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ކުރިން ސިޓީ ކައުންސިލަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެ އެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ <a href="https://storage.googleapis.com/gazette.gov.mv/docs/iulaan/203869.pdf">އިއުލާނުގައި ބަޔާންކޮށްފައިވާ ސާމާނުތަކުގެ</a> ކޮންމެ ލިސްޓަކަށް ވަކިން ކަމަށް އިއުލާނުގައިވެ އެވެ.

ކެޓްޝެލްޓާއަށް ހޯދަން އިއުލާނުކޮށްފައިވާ ސާމާނުތަކުގެ ތެރޭގައި 3 ޔުނިޓް ވެޓެރިނަރީ އައިސީޔޫ ކޭޖާއި 16 ޔުނިޓް ވެޓެރިނަރީ ކޭޖް ހިމެނެ އެވެ. އޭގެ އިތުރުން 2 ވައްތަރުގެ 20 ކެޓް ޓްރެޕާއި އެހެނިހެން ސާމާނު ވެސް ހިމެނެ އެވެ.

ސިޓީ ކައުންސިލުން ވަނީ ކަމާ ގުޅޭ އިތުުރު މައުލޫމާތު ހޯދަން އެދޭނަމަ، އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން <a href="mailto:[email protected]">[email protected]</a> އަށް މެއިލްކުރަން އެދިފަ އެވެ.

ޕެޓް ކެއާ ފެސިލިޓީ ހުޅުވާފައި ވަނީ ހިނގަމުން މިދާ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ. މި ފެސިލިޓީއަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކުރި ފެސިލިޓީއެކެވެ.

ޕެޓް ކެއާ ފެސިލިޓީ ރަސްމީކޮށް ހުޅުވުމަށްފަހު މިއަދާ ހަމައަށް ވެސް މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އާއި މިނިސްޓްރީގެ ޓީމުން މިއަދު މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް ވަނީ މަޝްވަރާކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް