Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބުޅާ ފެސިލިޓީގެ ހިދުމަތް އަންނަ މަހު ފެށޭނެ: ސިޓީ ކައުންސިލް

ބުޅާ ފެސިލިޓީގެ ހިދުމަތް އަންނަ މަހު ފެށޭނެ: ސިޓީ ކައުންސިލް

ބުޅާ ފެސިލިޓީ، "އޮޅު ހިޔާ" ގެ ހިދުމަތް ދިނުން އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްްގައި ބުނެފައިވަނީ އެ ފެސިލިޓީގެ އޮޕަރޭޝަން ފަށައިގަތުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، މިހާރު ކުރެވެމުންދަނީ ފެސިލިޓީއަށް ބޭނުންވާ މީހުންނާއި ތަކެތި ހޯދުމުގެ މަސައްކަތް ކަމަށެވެ.

އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ބުޅާ ފެސިލިޓީގެ ހިދުމަތް ފަށައިގަނެވޭނެ ކަމަށް ސިޓީ ކައުންސލުން ބުނެފައިވާއިރު،  ކައުންސިލުން ވަނީ 3 ފަހަރެއްގެ މަތިން އެ ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދަން އިއުލާނު ކޮށްފަ އެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/MaleCitymv/status/1861087253550014495

ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދަން އެންމެ ފަހުން އިއުލާނު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެ އިއުލާނުގައި ކެޓްޝެލްޓާއަށް ހޯދަން އިއުލާނުކޮށްފައިވާ ސާމާނުތަކުގެ ތެރޭގައި 3 ޔުނިޓް ވެޓެރިނަރީ އައިސީޔޫ ކޭޖާއި 16 ޔުނިޓް ވެޓެރިނަރީ ކޭޖް ހިމެނެ އެވެ. އޭގެ އިތުރުން 2 ވައްތަރުގެ 20 ކެޓް ޓްރެޕާއި އެހެނިހެން ސާމާނު ވެސް ހިމެނެ އެވެ.

"އޮޅު ހިޔާ" އަކީ މި ސަރުކާރުގެ އިސްނެންގެވުމުގެ މަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ.

އެ މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއާ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތައް ތަންފީޒުކުރުން ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް