Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 އަށް ދަންމާލައިފި

މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 އަށް ދަންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އަންނަ މަހުގެ 15 އަށް މިއަދު ދަންމާލައިފި އެވެ. އެގޮތަށް ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެނެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މި ދައުރު ހިނގާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންނަމަވެސް މި ދައުރުގައި މަޖިލީހުން ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން ދައުރު އިތުރުކުރަން ގަސްތުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ދައުރު ދަންމާލަން ނިންމާފައިވާއިރު ނިމިދިޔަ ދައުރުވެސް މަޖިލީހުގެ މަސައްކަތްތައް ނިންމަށް އެއް ހަފްތާ ދަންމާލި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރަކީ ފެބްރުއަރީ 1 އިން ފެށިގެން މޭ މަހުގެ 15 އަށެވެ. އަދި ދެވަނަ ދައުރަކީ ޖޫން 1 އިން ފެށިގެން އޮގަސްޓް 15 އަށެވެ.

އޭގެ އިތުރުން މަޖިލީހުގެ ތިންވަނަ ދައުރަކީ އޮކްޓޯބަރު 1 އިން ފެށިގެން ނޮވެބަރު ނިޔަލަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް