Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކާރެއްގައި ރޯކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި 

ކާރެއްގައި ރޯކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި 

މާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެންގޮސްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާއްމުކޮށްފައިވެ އެވެ.

އެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:25 ހާއިރު ބުރުޒުމަގު, ސިނަމާލެ 1 ގެ ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. އަރާރަތްކުރި, ހާލިދު މަހްމޫދު (35އ) އަދި އދ. މާމިގިލި, ބްލޫވިންޑް، ހަސަން ނަސީމް (31އ) ކަމަށެވެ.

ޕާކްކޮށްފައި އޮތް ކާރުގައި ރޯކޮށްލާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރު އެބަވެ އެވެ. އެ ވީޑީއޯގައި ފެންނަ ކާރު، ބޭނުންނުކުރެވޭ ވަރަށް އަނދާފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް