ރައްޔިތުން އެދެނީ ފްލެޓަކަށް ނޫން، އެންމެ ކުޑަވެގެން 2000 އަކަފޫޓުގެ ބިމަކަށް: ޖާބިރު

ރައްޔިތުން އެދެނީ ފްލެޓަކަށް ނޫން ކަމަށާއި ރައްޔިތުން ބޭނުން ވަނީ އެންމެ ކުޑަކޮށް ވެސް 2000 އަކަފޫޓުގެ ބިމެއް ކަމުގައި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ،
ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަައި ޖާބިރު ވިދާޅުވީ ދިވެހިންނަށް ބިން ދިނުމުން އެމީހުން ބޯހިޔާވަހިކަން ހޯދާނެ ކަމަށެވެ. އަދި އަބަދު އަވާމެންދުރު ނުދެއްކުމަށް ޖާބިރު ވަނީ ގޮވާލައްވާފައެވެ.
ޖާބިރުގެ ޓްވީޓުގައި ވީޑިއޯ އެއްވެސް ހިއްސާކުރައްވާފައި ވެއެވެ. އެ ވީޑިއޯ ހިއްސާ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ވީޑިއޯއަކީ އެމަނިކުފާނު މިހާރު ހުންނެވި ގޭގައި ނަގާފައިވާ ވީޑިއޯ ކޮޅެއް ކަމަށާއި މިރޭ މި ނިދަނީ ތިލަފުށީގައި އެމަނިކުފާނުގެ އަމިއްލަ ބިމުގައި މިރޭން މިރެއަށް އެޅި ގެެއެއްގައި ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ މިސާލު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެެވެ.
ބޭބެ (: