Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މޫސުން ގޯސްވުމުން ކުޑަކުދިންގެ ހަވީރު ފަސްކޮށްފި

މޫސުން ގޯސްވުމުން ކުޑަކުދިންގެ ހަވީރު ފަސްކޮށްފި

ހަފްތާ ބަންދާއި ދިމާކޮށް ހުޅުމާލެ ފެހިރެސް ޕާކުގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ކުރިއަށް ގެންދަން ނިންމި ކުޑަކުދިންގެ ހަވީރު ފަސްކޮށްފި އެވެ.

އެޗްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭގައި ބާއްވަން ނިންމި ކުޑަކުދިންގެ ހަވީރު ދެން ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ކްރިއޭޓިވް ޕެއިންޓިންގް އާއި ސްޓޯރީ ޓެލިންގް ހިމެނޭހެން ގިނަ ހަރަކާތްތަކާއެކު ކުޑަކުދިންގެ ހަވީރު ބާއްވަން ކުރިން ނިންމާފައިވަނީ މިއަދު ހަވީރު 4 އިން 6 އަކަށް، ފެހިރެސް ޕާކުގަ އެވެ.

Advertisement
Allied Insurance — Square (box)

ކުޑަކުދިންނަށް ހާއްސަކޮށް ބޭއްވުމަށް ނިންމާފައިވާ ހަރަކާތަކީ، ފެހިރެސް ޕާކު ޒީނަތްތެރި ކުރުމާއެކު ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ ހަވީރުގައި ބާސްކެޓް ބޯލްއާއި، ސަޕޯޓް ސްޓޭންޑް އަދި ޓްރީ ޕްލާންޓިންގް ފަދަ ތަފާތު ހަރަކާތްތައް ހިމަނާފައިވެ އެވެ.

އެޗްޑީސީން އަންނަނީ ކުޑަކުދިންގެ ހަވީރާއި، ރާއްޖޭގައި ފާހަގަކުރެވޭ ދުވަސްތަކުގައި އިސްނަގައިގެން ހަރަކާތްތައް ބާއްވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް