Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގެއަކުން ތެލިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ގެއަކުން ތެލިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާލޭ ގެއަކުން ތެލިތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރަށް މީހަކު ގެންގޮސްފި އެވެ.

މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާފަންނު ގެއަކުން ވައްކަން ކުރި މައްސަލައާ  ގުޅިގެން ހައްޔަރުކުރީ ދިވެހި ފިރިހެނެއް ކަމަށެވެ.

މީޑީއާ އޮފިޝަލް ވިދާޅުވީ އެ މީހާ ވަގަށް ނެގި ތެލިތަކެއް ކަމަށެވެ. އެމީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

Advertisement
Allied Insurance — Square (box)

ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވާ ވީޑިއޯއެއް ސޯޝަލް މިޑިއާގައި ދައުރު އެބަވެ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން އެ މީހާގެ މޫނާއި ބޮލުގައި ހުދު ކުލަ ހުދު ކުލައިގެ އެއްޗެއް ހާކާފައިވެ އެވެ.

ބިންމަތީގައި ބަންޑުން ބޭއްވުމަށް ފަހު އޭނާ އަތުގައި ދެ ފުލުސް އޮފިސަރަކުވެގެން ބިޑު އަޅުވާ މަންޒަރު ފެނެ އެވެ. އެ މީހާ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ އާއްމުންގެ އެހީތެރިކަމާ އެކު އެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވައްކަންކުރީ މާފަންނު ފީރޯޒު މަގު ގައި ހުންނަ މާހަލް ގެއިންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް