ދުނިޔެ

މި އަންހެން މީހާ ކައިވެނިކޮށްގެން އުޅެނީ ގަހަކާ، ކީއްވެކަން އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލިވަރޕޫލް ގައި ދިރިއުޅެމުން އަންނަ އުމުރުން 38 އަހަރުގެ މި އަންހެން މީހާ ގަހަކާއި ކައިވެނިކޮށް އެކައިވެންޏަށް އަހަރުވުމުގެ އުފަލުގައިއެނިވާސަރީފާހަގަ ކޮށްފިއެވެ.

Ads by WAMCO

ރިޕޯޓުތައް ލިބިފައިވާ ގޮތުގައި ކޭޓު ކަނިންގްހަމް ނަމަކަށް ކިޔާ މި އަންހެން މީހާ 2019 ގައި މި ގަހާއި ކައިވެނި ކުރުމަށްފަހު އަމިއްލަ ނަމުގެ ފަހަތަށް ގަހުގެ ނަން “އެލްޑަރވެސް ވަނީ ލާފައެވެ

ހައިރާންވާން ޖެހޭ ސަބަބަކީ މި އަންހެން މީހާ ކައިވެނި ކޮށްގެން އުޅެނީ ގަހަކާއި ނަމަވެސް، ގަހުގެ އިތުރުން މި އަންހެން މީހާގެ އިތުރު ލޯބިވެރިއަކާ ، ދެ ދަރިންވެސް ތިބެއެވެ. މިއަންހެން މީހާ ކައިވެންޏަށް އެއް އަހަރު ފުރުނު ކަމުގެ އުފަލުގައި އަންހެން މީހާގެ އިތުރު ދެރައްޓެހިން ބައިވެރިކޮށް ފޮޓޯޝޫޓެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

މީގެ އިތުރުން މި އަންހެން މީހާގެ 15 އަހަރުގެ ފިރިހެން ދަރި، މިކަމާ ފުރަތަމަ ވަރަށް ލަދު ގަތް ކަމަށާއި އޭނާ މި ގަހާއި ކައިވެނި ކުރުމުގެ ކުރިން އެތައް ފަހަރަކު ވިސްނި ކަމަށް މީޑިއާ ޚަބަރުތައް ބުނެއެވެ. އަދި މި ގަހާއި އިނދެވުމަކީ އޭނައަށް ކުރެވުނު ރަނގަޅު ކަމެއް ކަމަށް އޭނާ ގަބޫލު ކުރާ ކަމަށާއި އެކަމާ ލަދުގަންނަ 15 އަހަރުގެ ފިރިހެން ދަރިފުޅު ވެސް މިހާރު އެކަމާއި އެހާ ލަދު ނުގަންނަ ކަމަށް ވެސް އޭނާ ބުނެއެވެ.

މިއަންހެން މީހާ ބުނެފައިވާ ގޮތުގައި މިގަހާއި ކައިވެނި ކުރުމުގެ ސަބަބުން އޭނާ އަމިއްލަ ނަފުސާއި މެދު ވަރަށް ބޮޑަށް އިތުބާރު އުފެދިގެން ގޮސްފި ކަމަށާއި، މީހުން ކިޔާނެ އެއްވެސް އެއްޗަކަށް ވިސްނާފައި ޖެހިލުން ނުވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި އެ ގަހާއި ކައިވެނި ކުރުމުން އެ ގަސް ހެދިފައިވާ ބަގީޗާ ސަރަހައްދު ހިމާޔަތް ކުރެވޭނެއެވެ.

Ads by Ooredoo
  1. މުހައްމަދު25

    މިކަހަލަ ނާތަހުޒީބީ ހަބަރުގެނެސް ދިނުންވެސް އެއީ މިނިވަން ނޫސްވެރިކަމެއްތޯ؟ އަހަރެމެންނަކީ ފުރިހަމަ މުސްލިމްގައުމެއް ގޮތުގަ އޮންނަން ބޭނުމިއްޔާ ނޫސްވެރިންގެވެސް ޒިނާވަކި ކުޑަޔެއްނޫ.. (މުސްލިމުންނަކީ އެއްއިރެއްގަވެސް ގަސްގަހާ ޖަނަވާރުންނާ ކައިވެނިކުރުން ހުއްދަބަޔެއްނޫ)