Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް ސުންކު އުފުލަން 13 ލޯންޗު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

ކޮވިޑް ސުންކު އުފުލަން 13 ލޯންޗު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ނަގާ ސުންކުތައް އެއްތަނުން އަނެއް ތަނަށް އުފުލުމުގެ މަސައްކަތަށް 13 ސްޕީޑް ބޯޓު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ހިންގަމުންދާ "ކޮވިޑް 19 އެމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމް ޕްރިޕެއާޑްނަސް ޕްރޮޖެކްޓް"ގެ ދަށުން އެއްތަނުން އަނެއްތަނަށް ސުންކު ގެންދިޔުމަށް 13 ސްޕީޑް ބޯޓު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި ސްޕީޑް ބޯޓުތައް ހޯދަނީ ހެލްތު މިނިސްޓްރީގެ ބޭނުމަށް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ ބީލަމަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށެވެ. އަދި އެކަން ކުރާނީ ވޯލްޑް ބޭންކް ގައިޑްލައިންސް "އައިޑީއޭ ކްރެޑިޓް" އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ތައްޔާރުކޮށްފައިވާ ރެގިއުލޭޝަނާ ވެސް އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ސްޕީޑް ބޯޓު ސަޕްލައި ކުރަން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް 1،500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ފީއެއް ދައްކަންޖެހެއެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރު އަދަދެއްގެ ދިވެހި ރުފިޔާ ވެސް ހުށަހަޅަން ޖެހެއެވެ.

ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މާޗު 10ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގައި ކަމަށް އިއުލާނުގައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް