Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

އިރުތިޝާމް، ސަފީރުކަމުގެ ފަތްކޮޅު ޗާލްސް ރަސްގެފާނަށް އަރުވައިފި

އިރުތިޝާމް، ސަފީރުކަމުގެ ފަތްކޮޅު ޗާލްސް ރަސްގެފާނަށް އަރުވައިފި

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައެޅުއްވި ސަފީރު ޑރ އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނަށް އަރުވައިފި އެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް 3 އަށް ސަފީރުކަމުގެ ފަތްކޮޅު އިރުތިޝާމް އެރުވީ އިއްޔެ ބަކިންހަމް ޕެލަސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސަފީރުކަމުގެ މަގާމާ އިރުތިޝާމް ހަވާލުވުމުން، ޗާލްސް މަރުހަބާ ދެންނެވި އެވެ. އަދި ވިދާޅުވީ، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެ ރަސްމިއްޔާތުގައި އިރުތިޝާމް ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރަސްގެފާނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސެއިންޓް ޖޭމްސް ކޯޓް ލަންޑަންގެ އަ ތާޖް ހޮޓެލްގައި ރިސެޕްޝަނެއް ވެސް ބޭއްވި އެވެ.

އެ ރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި ސާކް އަދި ކޮމަންވެލްތު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް ކޯގެ ޑީން ކަމުގައިވާ ހޮންޑިއޫރަސްގެ ސަފީރު އިވާން ރޮމޭރޯ މާޓިނޭޒާއި ޔޫކޭގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުން އަދި ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން މޯލްޑިވްސް-ޔޫކޭ ޕާލިމަންޓަރީ ގްރޫޕްގެ ކޯ-ޗެއާ އާއި އިނގިރޭސިވިލާތު ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިންނާއި މީޑިއާގެ ފަރާތްތައް ބައިވެރިވެވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ސަފީރު އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު އަހްމަދު މުހައްްމަދު، ޑިފެންސް އެޓާޝޭ ކާނަލް ހުސެއިން ފައިރޫޝް، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އަދި ތާޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރަކަށް އިރުތިޝާމް ހަމަޖައްސަވާ، ސަފީރުކަމުގެ ފަތްކޮޅު ރައީސް ދެއްވާފައިވަނީ މި އަހަރުގެ މޭ މަހުގެ 7 ވަނަ ދުވަހު އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް