ޚަބަރު

މިއޮތީ ވާ ކަމެއް! މުޅި ނިއުސްފީޑުގައި ފޭސްބުކް އެވަޓާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީސްމީޑިއާ ޚަބަރު ފީތާއެކެވެ. މައުލޫމާތުގެ ޚަޒާނާއެކެވެ. ބަހުސް ސްޓޭޖެކެވެ. މީހަކު ކަމެއް ކޮށްފި ނަމަ ނުވަތަ އައު ފީޗަރ އެއް ތައާރަފް ކޮށްފި ނަމަ މުޅި މީސްމީޑިއާގައި އޮންނާނީ ދެން އެކަމެކެވެ. ފާޑުފާޑުގެ ޗެެލެންޖު ހެދުމާއި ފާޑުފާޑުގެ ފޮޓޯތައް އަޕްލޯޑް ކުރުމެވެ.

Ads by MWSC

މީސްމީޑިއާގެ މަންސަތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ބޭނުން ކުރާ ފޭސްބުކުގައި އަނެެއްކާ ވެސް މިވަނީ އައު "ފީޗަރ" އެއް ތައާރަފް ކޮށްފައެވެ. ފޭސްބުކް އެވަޓާގެ ނަމުގައި މުޅިން އަލަށް ތައާރަފް ކުރި މި ފީޗަރ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ފޭސްބުކު އެވަޓާގައި އެމީހަކު ބޭނުން ގޮތަކަށް އެމީހެއްގެ "އެވަޓާ" ތައްޔާރު ކޮށްލެވެއެވެ. މޫނުގެ ބައްޓަމާއި ބޮލުގެ ކުލައާއި ބޮލުގެ ސްޓައިލްވެސް އަދި ހެދުން ވެސް ހަމަ ބޭނުން ގޮތަކަށް ފަރުމާ ކޮށްލެވެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ދަނީ އެމީހެއްގެ "ފޭސްބުކް އެވަޓާ" ފަރުމާ ކޮށް ފޭސްބުކުގައި ހިއްސާ ކުރަމުންނެވެ.

ފޭސްބުކްގެ މި ފީޗަރ އަކީ ސްނެޕްޗެޓުގައި ބޭނުން ކުރާ "ބިޓްމޯޖީ" އާ ދާދި އެއްގޮތަކަށް ފަރުމާ ކޮށްފައިވާ ފީޗަރ އެކެވެ. މި ފޭސްބުކް އެވަޓާ ފޭސްބުކުގެ ކޮމެންޓް ސެކްޝަންގައި އަދި ފޭސްބުކް ސްޓޯރީގައި ވެސް ބޭނުން ކުރެވޭނެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!