Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތައިލެންޑު ސަފީރަކަށް ފުއާދު އައްޔަންކުރައްވައިފި

ތައިލެންޑު ސަފީރަކަށް ފުއާދު އައްޔަންކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު, ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، އިލެކްޝަން ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީގް މިއަދު އައްޔަންކުރައްވައިފި އެވެ.

ފުއާދަށް މަގާމުގެ ފަތްކޮޅު ރައީސް ދެއްވީ އެކަމަށްޓަައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ފުއާދު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.

Advertisement
Ooredoo — Square (box)

އޭގެ ކުރިން އީސީގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު މީގެ އަހަރުތަކެއް ކުރިން ފޮރިން މިނިސްޓްރީގައި މަސައްކަތްކުރެއްވި އެވެ. އެ މިނިސްޓްރީގެ ފޮރިން އިންވެސްޓްމެންޓް ޑިވިޝަންގައި އިންގްލިޝް ސެކްރެޓަރީގެ މަގާމު ފުއާދު އަދާކުރައްވާފައިވެ އެވެ.

ގިނަ ބަޔަކަށް ފުއާދު އެނގިފައިވަނީ އީސީގެ ރައީސްގެ ގޮތުގަ އެވެ. ފުއާދު އީސީގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2008 ވަނަ އަހަރުގަ އެވެ. އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ. އެއީ އިންތިގާލީ މަރުހަލާގެ ތެރޭގަ އެވެ.

ދެވަނަ ދައުރަކަށް، އީސީގެ ރައީސް ކަމަށް ފުއާދު އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރެއްވިއިރު ވެސް، ފުއާދަކީ އެ ކޮމިޝަނުގެ މެމްބަރެކެވެ. އޭނާ ކޮމިޝަނަށް އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

އާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރުގެ ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބާއި 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި 2011 ވަނަ އަހަރުގެ ކައުންސިލް އިންތިހާބާއި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ އިތުރުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ފުއާދު ވަނީ އިސްދައުރެއް އަދާކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް