ގެއްލިގެން ހޯދި ނިހާލު ފެނިއްޖެ

ތ. މަޑިފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ އެވެ.
ގެއްލިގެން ފުލުހުން އިއްޔެ ހޯދަން އިއުލާނުކުރީ އެ ރަށު, ބޮންތި، ހަސަން ނިހާލު، (34އ) އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 8:07 ހާއިރެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދިޔަ ނިހާލު އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މި ފަހަކަށް އައިސް ގެއްލިގެން މީހުން ހޯދަން ފުލުހުން އިއުލާނުކުރެ އެވެ. އާންމު ގޮތެއްގައި މިފަދައިން އިއުލާންކުރާ މީހުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެންނަ ކަމަށް ފުލުހުން ބުނެ އެވެ.