Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލެޓްސް ކޮފީ އަށް ވަދެ ބިރު ދެއްކި ދެ މީހަކު ހައްޔަރުކޮށްފި

ލެޓްސް ކޮފީ އަށް ވަދެ ބިރު ދެއްކި ދެ މީހަކު ހައްޔަރުކޮށްފި
މާލެ ހަވީރީ ހިނގުމުގައި ހުންނަ ލެޓްސް ކޮޕީ މޯލްޑިވްސްއަށް ވަދެ މުވައްޒަފުންނަށް ބިރު ދެއްކި މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފި އެވެ. ލެޓްސް ކޮފީ މޯލްޑިވްސްއަށް ތޫނު ހަތިޔާރާ އެކު މީހުން ވަދެ، މުވައްޒަފުންނަށް ބިރު ދެއްކި ކަމަށް ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ފުލުހުން މިއަދު ބުނީ، އެ ދުވަހު އެ ކެފޭއަށް ބަޔަކު ވަދެ ތޫނު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި، މުދަލަށް ގެއްލުން ދީފައިވާ މައްްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގއ. ދެއްވަދޫ / ވައިލެޓްމާގެ، އަހުމަދު ތައުފީގް (31 އ) އާއި ބ. ތުޅާދޫ / މީޒާން، އަސަދުﷲ ހާތިމް (44 އ) އެވެ.

އެ މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް