Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގުރައިދޫގައި މަރުވި 4 މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި 

ގުރައިދޫގައި މަރުވި 4 މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި 

ގުރައިދޫގައި މަރުވި 4 މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި މަރުވި އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިއަދު މެންދުރު 12 ޖަހާއިރު ފޮނުވާފައިވަނީ އިންޑިއާއަށް ކަމަށެވެ.

އެ ކުއްޖާ މަރުގައި ޝައްކުތަކެއް އުޅޭތީ ފުލުހުން އެ ދުވަހު އެ މައްސަލަ ތަހުގީގު ފެށި އެވެ.

Advertisement
Allied Insurance — Square (box)

ކައުންސިލް މެންބަރު, އިބްރާހިމް ޝަލީޒް ވިދާޅުވީ އެ ތުއްތު ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައީ ނޭވާލާން އުދަނގޫވެގެން ކަމަށެވެ. އަދި ލިބިފައިވާ މައުލުމާތާ ހަވާލާދެމުން ޝަލީޒް ވިދާޅުވީ އެ ކުއްޖާ ހެލްތް ސެންޓަރަށް ގެންދިޔައީ ކުއްޖާ މަންމައާއި ބައްޕަ ނިދަން އުޅެފައި ބެލިއިރު އެ ކުއްޖާ ނޭވާ ނުލާހެން ހީވެގެން ކަމަށެވެ.

ޑޮކްޓަރާ ހަވާލާދީ ޝަލީޒް ވިދާޅުވީ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެ ކުއްޖާ މަރުވެފައިވާ ކަމަށެވެ. އަދި ކުއްޖާގެ ނޭފަތުން ލޭވޭސް ފޭބި ކަމަށް ޑޮކްޓަރާ ހަވާލާދީ އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެ ކުއްޖާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ޝަލީޒް ފާހަގަކުރެއްވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް