އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ކޮމަންޑޫގައި އިތުރު މަޝްރޫއުއެއް ހިންގާތީ ފާޑު ކިޔަނީ

ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ހަފްތާއަކަށްވުރެ ކުޑަ ދުވަސްކޮޅެއްވެފައި ވަނިކޮށް، އެ ދާއިރާގައި އިތުރު މަޝްރޫއެއް ހިންގުމަށް ސަރުކާރުން ކުންފުންޏަކާ ހަވާލު ކުރުމާ އެކު، މީސްމީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ކޮމަންޑޫގައި 25 ޓަނުގެ އައިސް އުފައްދާނެ، އައިސް ޕްލާންޓެއް ގާއިމު ކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ، ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ 50 ޓަނުގެ އައިސް ރައްކާކުރުމުގެ ގާބިލުކަން ހުރި މި އައިސްޕްލާންޓްގެ މަަސައްކަތް ފެނަކައާ ހަވާލުކުރީ ހަމަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
[caption id="attachment_138455" align="alignnone" width="1024"]<img class="wp-image-138455 size-large" src="https://cdn.dhen.mv/wp-content/uploads/2022/01/fisheries-1024x714.jpg" alt="" width="1024" height="714" /> ކޮމަންޑޫގައި އައިސްޕްލާންޓެއް ހެދުމަށް ފެނަކައާއި ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ[/caption]
މި މަޝްރޫއުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރ އީނާޝް ނަސީރެވެ.
މި މަޝްރޫއު އިއުލާނު ކުރުމާ އެކު މީސްމީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ ބައި-އިލެކްޝަނާ އެކު ކޮމަންޑޫ ދާއިރާގެ ރައްޔިތުން، ކުއްލިއަކަށް ސަރުކާރަށް މާ މުހިންމުވެއްޖެ ކަމަށާއި، ކޮންމެ ދާއިރާއަކުން ވެސް ތަރައްގީ ބޭނުންވާ ނަމަ، ބައި-އިލެކްޝަނެއް ބާއްވަންވީ ކަމަށެވެ. އޭރުން ސަރުކާރުން އެ ދާއިރާއެއްގެ ރައްޔިތުން އެދޭ ކޮންމެ ކަމެއް ވެސް ލަސްނުކޮށް ކޮށްދޭނެ ކަމަށް ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ބުނެފައި ވެއެވެ.
"ދެން ހުރިހާ ތަރިތައް ވެސް މިދުވަސްކޮޅު ބާލާނެ. 5 ފެބްރުއަރީގެ ފަހުން ފެންނާނެބާ؟" ފޭސްބުކްގައި މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.
"ބަލްގިސް ރާނީގެ ގޮނޑިއަށްވުރެ ވެސް، މުހިންމު ގޮނޑިއަކަށް މިވަނީ ކޮމަންޑޫ ގޮނޑި." އިތުރު މީހަކު ލިޔުނެވެ.
https://twitter.com/the_1slander/status/1487870730968924160
ކޮމަންޑޫ ދާއިރާއަށް ސަރުކާރުން މާބޮޑު އިސްކަމެއް ދޭކަމަށް ބުނެ، ޓްވިޓަރގައި ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ތަރައްގީއަކީ ސަރުކާރުން ރައްޔިތުންގެ ފަރާތުން ކަމެއް ބޭނުންވުމުން ގެންނަ އެއްޗެއްތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދައިފައެވެ.
https://twitter.com/sjaufar/status/1487710644468011009
ސަރުކާރުން ކޮމަންޑޫ ދާއިރާގައި ހިންގާ އެންމެ ބޮޑު މަޝްރޫއުއަކީ ދެކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއުއެވެ. ބަޖެޓުން ބޭރުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ އިރު، މިއީ ވެސް "އިންތިހާބަށް ކަޑަޖަހަން" ހިންގާ މަޝްރޫއުއެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
އެހެން ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގައި މަޝްރޫއުއެއް ނުހިންގާ ކަމަށާއި، މިއީ ކުރިން ވެސް ވައުދުވެފައިވާ ކަންކަން ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން، ޕީޕީއެމްއާއި އެމްއެންޕީ ވާދަކުރެއެވެ.






ކޮމެންޓް