Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި ވެރިރަށް، މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.

އެންމެ ފުރަތަމަ ވާރޭވެހެން ފެށީ އިއްޔެ ހަވީރު 4 ޖަހާ ހާއިރެވެ. އިއްޔެވެސް މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްއިން ފެން ހިއްކުމުގެ މަސައްކަތަށް ނިކުތެވެ.

އެއަށްފަހު ރޭ މެންދަމު 12:30 ހާއިރު ބޯކޮށް ވެހެން ފެށި ވާރޭ ހުއްޓާލީ ފަތިހު 5 ޖެހި ފަހުންނެވެ. އަދި މިހާރު މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާ ވަރަށް ވަނީ ފެންބޮޑުވެފަ އެވެ.

Advertisement
Ooredoo — Truecaller (box)

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ލ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފަ އެވެ.  ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެ އެލާޓް ނެރެފައިވަނީ ހެނދުނު 8:50 އިން މެންދުރުފަހު 2:30 ގެ ނިޔަލަށެވެ.

މާލޭގައި ފެން ބޮޑުވެފައިވާ މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން މިހާރުވެސް ދަނީ ކުރަމުންނެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް