Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލި ވާހަކަ ދޮގުކޮށްފި

ރާއްޖޭގައި ބިދޭސީ އަންހެނަކު  ރޭޕްކޮށް މަރާލި ވާހަކަ ދޮގުކޮށްފި

ރާއްޖޭގައި އިންޑޮނޭޝިއާގެ އަންހެނަކު ރޭޕް ކުރުމަށް ފަހު މަރާލާފައިވާ ކަމަށް ބުނެ ފަރުތަމުންދާ ވާހަކަތައް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ދޮގުކުރައްވައިފި އެވެ.

ބިދޭސީ އަންހެނަކު ރާއްޖޭގައި މަރާލާފައިވާ ކަމަށް ބުނާ ވާހަކައެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ މިރޭ އެވެ. އެ ހާދިސާގެ ވީޑިއޯވެސް އެބައޮތް ކަމަށް ބުނާ ވާހަކަތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރު އެބަވެ އެވެ.

އެ މައްސަލާގައި ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ސުވާލުކޮށްފައި ވަނިކޮށް ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނެ ވީޑިއޯއަކާ ހަވާލާދީ ދެކެވޭ ވާހަކަ އަކީ 2021، މޭ ގައި ބަންގަލްދޭޝް ނޫހަކުން ރިޕޯޓްކޮށްފައިވާ ހާދިސާއާ ގުޅޭ ވީޑިއޯއެއް ކަމަށެވެ. އެ ބުނާ އާޓިކަލްގެ ލިންކުވެސް މިނިސްޓަރު ހިއްސާކުރެއްވި އެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/min_mohst/status/1871280521847976120

އެ ފަދަ ކަމެއް ހިނގާފައިނުވާ ކަމަށް ފުލުހުންވެސް ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް