Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހިޔާގެ އެޕާޓްމެންޓަކުން ޑްރަގާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ބަޔަކު ހައްޔަރުކޮށްފި

ހިޔާގެ އެޕާޓްމެންޓަކުން ޑްރަގާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހިޔާ ފްލެޓުން ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ އެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައިފާސްކުރުމަށް ފަހު ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ހައްޔަރުކޮށްފައިވަނީ:

  • ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ)
  • ގދ. ކޮލަމާފުށި/ އޯޝަންބްލޫ, އަބްދުﷲ ހަސަން (41އ)
  • ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ހުސައިން ރިޔާޒު (33އ)
  • ގއ. ދާންދޫ/ ވަލުތެރޭގެ، އަބްދުﷲ ޖަމީލު (32އ)
ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓުން ކަމަށެވެ. އަދި އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް