Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް

ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް

ހުޅުމާލޭ ފޭސް ދޭއްގެ، ހިތިގަސްމަގުގައި ޕާކުކޮށްފައި އޮތް ޓެކްސީއެއްގައި ރޯވި އަލިފާން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަފައިޓަރުން ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަ ސްޓޭޝަނަށް ލިބުނީ ރޭ މެންދަމު 03:36 ހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބުމާ އެކު ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ފަޔަފައިޓަރުން ކުރި މަސައްކަތުން ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނީ 04:01 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާނުގެ ސަބަބުން ކާރަށް ގެއްލުން ލިބިފައިވާއިރު، އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމުގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް