Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ބަލަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރެއްގައި ހުރި ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ސޯޝަލް މީޑިއާގައި ވަނީ، ދަންވަރުގެ ވަގުތެއްގައި ވިނަރެސްގެ ޓަވަރެއްގެ ބޭރުގައި ހުރި ސްކްރީނަކުން އަންހެނެއްގެ ބަރަހަނާ މަންޒަރު ދެއްކި ކަމަށް ބުނާ ޕޯސްޓެއް

ވިނަރެސް ފުލެޓް
ވިނަރެސް ފުލެޓް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތަކުގެ ތެރެއިން ޓަވަރެއްގައި ހުރި ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ވިނަރެސް ތިނެއްގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ދެއްކި މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 03:23 ހާއިރު ކަމަށެވެ. މީސްމީޑިއާގައި ވެސް މި މަންޒަރު ފެންނަ ޕޯސްޓުތަކެއް ވަނީ ދައުރުވެފައެވެ.

އެ ބިލްބޯޑުން އެފަދަ މަންޒަރެއް ފެންނަން މެދުވެރިވި ސަބަބު އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް