Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ތިމަރަފުށީގައި ގްރޫޕަކުން ގެއަކަށް ވަދެ މާރާމާރީ ހިންގައިފި

ތިމަރަފުށީގައި ގްރޫޕަކުން ގެއަކަށް ވަދެ މާރާމާރީ ހިންގައިފި

ތ ތިމަރަފުށީގައި ގެއަކަށް ވަދެ މާރާމާރީ ހިންގައިފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުުހުން ބުނީ އެ މާރާމާރީގެ މައްސަލަ ރިޕޯޓް ކޮށްފައިވަނީ މެންދުރު 1:27 ހާއިރު ކަމަށެވެ.

ގެއަކަށް ވަދެ މާރާމާރީ ހިންގީ 5 މީހުންގެ ގްރޫޕަކުން ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Allied — Dhen Online (box)

އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ މީހަކަށް އަނިޔާވެފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ބުނީ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ތިމަރަފުށީ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު އަތޫފް "ދެން" އަށް ވިދާޅުވީ ދެ މީހެއްގެ ދެމެދު މާރާމާރިއެއް ހިނގައި، އެކަކަށް އަނިޔާވެގެން ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށެވެ.

"އެ މީހާއަށް ލިބުނީ ކުޑަ އަނިޔާއެއް" އަތޫފް ވިދާޅުވީ ފަރުވާދިނުމަށް ފަހު އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް