ތިމަރަފުށީ ގެއަކަށް ވަދެ މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފި

ތ ތިމަރަފުށީގައި ގެއަކަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި ފުލުހުންގެ ހައްޔަރަށް 5 މީހަކު މިއަދު ގެންގޮސްފި އެވެ.
ފުލުހުން ބުނީ ގެއަކަށް ވަދެ މާރާމާރީ ހިންގި މައްސަލަ ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރުފަހު 1:27 ހާއިރު ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ:
- އަހްމަދު އަމީން, ޖަހާމުގުރިގެ, ތ ތިމަރަފުށި (36އ)
- އަހްމަދު ޝަހުދީ, ސަލްވާ, ތ ތިމަރަފުށި (38އ)
- މުހައްމަދު ރައޫފު, ވ ވަވަތް, ކ މާލެ (54އ)
- އަބްދުالله އަޝްރަފް, ގުލްބަކާވިލާ, ތ ތިމަރަފުށި (39އ)
- އާސް އިބްރާހީމް, ހިރި, ތ ތިމަރަފުށި (32އ)





ކޮމެންޓް