Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިނިސްޓަރ މަހްލޫފްގެ ރައްދެއް ޕީޖީ ޝަމީމަށް

މިނިސްޓަރ މަހްލޫފްގެ ރައްދެއް ޕީޖީ ޝަމީމަށް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެން އުފުލައިފައިވާ ދައުވާއެއް ކަމަށް އަނެއްކާ ވެސް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ދައުލަތުން މިނިސްޓަރ މަހްލޫފްގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު މެންރުރު 1:30ގައި ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފައެވެ.

ނަމަވެސް އެ ޝަރީއަތް ފެށުމުގެ ކުރީން މިނިސްޓަރ މަހުލޫފް ވަނީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަކީލަކަށް ހުންނެވި ދުވަސްވަރު ކުރައްވައިފައިވާ ޓްވީޓެއްގެ ސްކްރީންޝޮޓެއް ހިމެނޭ ގޮތުން ޓްވީޓެއް ކުރައްވާ ޕީޖީއަށް ފާޑުވިދާޅުވެފައެވެ.

Advertisement
Ooredoo — Square (box)

އެ ޓްވީޓަކީ 2015ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހު ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެކެވެ. އެއިރު އަދީބުގެ ވަކީލެއްގެ ހައިސިއްޔަތުން ޝަމީމް ކުރެއްވި އެ ޓްވީޓުގައި ވިދާޅުވެފައި ވަނީ، އަދީބު ގެންގުޅުއްވި ނަންބަރުން ވައިބަރާއި ވަޓްސްއަޕް އަދި ޓެލެގްރާމުން އޮންލައިން ވެފައިވާ ކަމަށާ ނަމަވެސް އެއީ އޭނާ ނޫން ކަމަށެވެ.

އެ ޓްވީޓްގެ ސްކްރީންޝޮޓް ހިމެނޭހެން މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭނާގެ މައްޗަށް އުފުލައިފައިވާ ދައުވާއަކީ ޕީޕީއެމްގެ މަޖިލިސް މެމްބަރެއް ގޮތުގައި ހުރެ އެ ޕާޓީގެ ތްރީލައިން ވިޕާއި އެއްގޮތަށް ވޯޓުދިނީ ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް އަދީބު ރިޝްވަތު ދީގެން ކަމަށް ބުނެ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ޕީޖީ ޝަމީމް ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް