Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް ފުލުހުން ބަލަނީ

މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް ފުލުހުން ބަލަނީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ސައުތު ކޭޓަރިން ކުންފުނީގެ މުވައްޒަފުންނަށް ގަވައިދުން މުސާރަ ނުދޭ މައްސަލައެއް ފުލުހުން މިއަދު ބަލަން ފަށައިފި އެވެ.

މުސާރަ ނުދޭ މައްސަލާގައި މުވައްޒަފުންތަކެއް، އަލިކިލެގެފާނު މަގުގައި ހުންނަ ސައުތް އެންޓަޕްރައިޒެސް ދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކުރި އެވެ. އެތަނުން ބައެއް މީހުން ބުނީ މުސާރަ ނުލިބޭތާ 5 މަސްވެއްޖެ ކަމަށެވެ.

https://twitter.com/HKurusee/status/1877656004139401484

Advertisement
Allied Insurance — Square (box)

އެ މައްސަލާގައި މީޑިއާ ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މުސާރަ ނުދޭ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އެންޓި ޓްރެފިކިން ޑިޕާޓްމެންޓުން ބަލަމުންދާ ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

ބިދޭސީންނަށް ގަަވައިދުން މުސާރަ ނުދޭ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. މީގެ ކުރިންވެސް އެފަދަ އެތައް މައްސަލައެއް ފެންމަތިވެ ބިދޭސީން އިހުތިޖާޖުވެސް ކޮށްފައި އެބަހުއްޓެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް