އިއިއީޑީ ހަމަލާގެ ޒިންމާ ބީއެލްއޭ އިން ނަގައިފި

ޕާކިސްތާނުގެ ބަލޫޗިސްތާނު ސަރަހައްދުގެ ޒަމުރާން ސިޓީގައި ހިނގި އައިއީޑީ ހަމަލާގެ ޒިންމާ ބީއެލްއޭ އިން ނަގައިފި އެވެ.
ސަރަހައްދީ ސަލާމަތީ އޮފިޝަލުން ބުނީ މިިދިޔަ ބުދަ ދުވަހު ހެނދުނު ޒަމުރާން ސިޓީގެ މައި މަގުގައި ދުއްވަމުންދިޔަ ސިފައިންގެ ވެހިކަލަކަށް އަމާޒުކޮށް ދިން ހަމަލާގައި 5 ސިފައިން މަރުވެފައިވާ ކަމަށެވެ.
މި ހަމަލާގައި 5 ސިފައިން މަރުވިއިރު، އިތުރު 3 ސިފައިން ޒަހަމްވެފައިވާ ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެ އެވެ.
ބީއެލްއޭގެ ތަރުޖަމާނު ޖީންޑް ބަލޫޗް ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާއަކީ ޕާކިސްތާނު ސަރުކާރުން ބަލޫޗިސްތާންގައި ހިންގަމުންދާ "އޮކިއުޕޭޝަން" އަށް ދެވުނު ޖަވާބެއް ކަމަށެވެ. އަދި ބަލޫޗް ގައުމީ މިނިވަންކަމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
ޕާކިސްތާނު ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ބަލޫޗިސްތާންގައި ހަރަކާތްތެރިވާ "ޓެރަރިސްޓް ޖަމާއަތްތަކާ" ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ސަރަހައްދުގައި ސަލާމަތީ ބާރުތައް އިތުރުކޮށް، ތަހްގީގް ފަށައިފައިވާ ކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެ އެވެ.