Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މީހަކު ގެއްލިގެން އުޅޭތާ މަހެއްހާ ދުވަސް، އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފި

މީހަކު ގެއްލިގެން އުޅޭތާ މަހެއްހާ ދުވަސް، އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރެއްގައި ބުނީ އިންޑިއާ ރައްޔިތެއްކަމަށްވާ އުމޭޝް މާންޖީ (41އ) ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ދިރިއުޅޭ ހުޅުމާލެ ފޭސް އެކެއްގެ ޓެމް ޕްލޭން 61 އިން ނިކުމެގެން ދިޔަފަހުން އެއްވެސް ފަރާތަކަށް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަދި އުމޭޝް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އުމޭޝްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް