ސެންޓްރަލް ޕާކާއި ފެރީ ޓާމިނަލްއާ ދެމެދު ބެންޗް ޖަހަނީ

ހުޅުމާލޭ ސެންޓްރަލް ޕާކާއި ފެރީ ޓާމިނަލްއާ ދެމެދު ބެންޗު ޖަހަން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ އެކަން ކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހިތްގައިމު މާހައުލެެއް ގާއިމުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ހުޅުމާލޭ ފެރީ ޓަރމިނަލާއި ސެންޓްރަލް ޕާކާ ދެމެދުގައި އޮންނަ ސަރަހައްދުގައި އާންމުންނަށް އިށީނދެވޭ ނެހެން ބެންޗް ޖެހުމަށް އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ މިހާރު އެ ސަރަހައްދު އޮންނަނީ އާންމުންނަށް ވެސް ވަދެ ނޫޅެވޭ ވަރަށް ވިނަ ފަޅައި އަދި ބޯގަސް ތަކުން ފުރިފައި ކަމަށެވެ.
އެހެން ނަމަވެސް ދެން އެ ސަރަހައްދު ސާފުކޮށް ނިމޭއިރު ބެންޗު ޖަހައި ނިމޭއިރު އާންމުންނަށް އެތަން ހިތްފަސޭހަ ސަރަހައްދަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެެވެ.
އެ މަސައްކަތް ނިމޭނެ ދުވަހެއް އެޗްޑީސީން ނުބުނެ އެވެ.