ދުނިޔެ

ކޮވިޑް ޖެހި، ސަލާމަތް ނުވާނެ ކަމަށް އަނބިމީހާ ގާތުގައި ބުނެ ލޯބިވެރިޔާ ގޮވައިގެން އުޅުނު މީހެއް އަތުލައިގަނެފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މުމްބާއީ،އިންޑިއާ: ކޮވިޑް ޖެހިފައިވާ ކަމަށާއި އަދި ސަލާމަތްވާނެ ކަމުގެ އުއްމީދެއް ނެތްކަމަށް އަނބިމީހާ ގާތުގައި ބުނެ ، ލޯބިވެރިޔާއާ އެކީ ފިލައިގެން އުޅުނު އިންޑިއާ މީހަކު ހޯދާ އަނބުރާ ގެއަށް ގެނެސްފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި ޖޫން 24 ވަނަ ދުވަހު މަނީޝް މިޝްރާ ކިޔާ މީހަކު އަނބިމީހާއަށް ގުޅާ އޭނާ އަށް ވަނީ ކޮވިޑް ޖެހިފައި ކަމަށާއި ސަލާމަތްވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ބުނެފައި ފޯން އޮފް ކޮށްލިއެވެ. އަދި އެ ދުވަހު ގެއަށް ނައުމުން ޖެހިގެން އައި ދުވަހު އާއިލާ އިން ވަނީ ފުލުހުންނަށް އެ މައުލޫމާތު ދީ ރިޕޯޓް ކޮށްފައެވެ.

ފުލުހުން ވެސް އޭނާއާ ގުޅުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން އޭނާ އެންމެ ފަހުން ފޯން ބޭނުން ކުރި ސަރަހައްދު ދެނެގަނެ އެ ސަރަޙައްދަށް ދިޔައެވެ. އެ ސަރަހައްދުން އޭނާގެ ސައިކަލާއިި ހެލްމެޓް ފެނުމުން ، މި މައްސަލައިގައި އޮޅުވާލުމެއް އުޅޭ ކަމަށް ފުލުހުން ދެނެގަތެވެ. އެންމެ ފަހުން ފުލުހުންގެ އޮޕަރޭޝަން ފުޅާކޮށް އޭނާގެ ތަފްސީލް ފުލުހުންގެ އެހެން ސްޓޭޝަންތަކަށް ވެސް އެންގިއެވެ. މި ހޯދުންތަކުގެ ތެރޭގައި މަދްޔަ ޕްރަދޭޝްގެ އިންޑޯ އިން އޭނާ ވަނީ ލޯބިވެރިޔާއާއެކު ކާރުގައި ދަނިކޮށް ފެނިފައެވެ. އަދި މިދިޔަ ހަފްތާގައި އޭނާ އަތުލައިގަނެ އަނބުރާ މުމްބާއީއަށް ވަނީ ގެނެސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!