ވަގަށް ނެގި ސައިކަލެއްގައި ވަންވޭއާ އިދިކޮޅަށް ދުއްވަނިކޮށް ހިފަހައްޓައިފި

ވަގަށް ނެގި ސައިކަލެއްގައި ވަންވޭއާ އިދިކޮޅަށް ދުއްވަނިކޮށް ހިފަހައްޓައި، ސައިކަލު ދުއްވަން އިން މީހާ ބަންދުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ލ. މާވަށަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ވަންވޭ އާ އިދިކޮޅަށް ދުއްވައި ފުލުހުންނަށް ފިލަން އުޅެނިކޮށް ކަމަށެވެ.
އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑްތައް ގިނަ މީހެއް ކަމަށް ވެސް އަމުރުގައި ބުނެފައި ވެއެވެ. އަދި ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖެހި އެވެ. އޭނާއާ ދެކޮޅަށް ފުލުހުން ތުހުމަތުކުރެވޭ ވަރަށް ވަނީ އެކަށީގެންވާ ހެކި ހުށަހަޅައފަ އެވެ.