Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

އާޖެންޓީނާއާއި އިންޑިއާގެ ވިޔަފާރިގުޅުން ދަނީ އިތުރުވަމުން

އާޖެންޓީނާއާއި އިންޑިއާގެ ވިޔަފާރިގުޅުން ދަނީ އިތުރުވަމުން
އާޖެންޓީނިއާއައި އިންޑިއާގެ ގުޅުން ބިނާވެފައިވަނީ އެއް މަސްލަހަތުތަކަކާއި އެއް އަގުތަކެއްގެ މައްޗަށް ކަމަށާއި، ވިޔަފާރި ގުޅުން ދަނީ އިތުރަށް ބަދަހިވަމުން ކަމަށް އާޖެންޓީނާގެ ސަފީރު ވިދާޅުވެއްޖެ އެވެ. ނިއު ދިއްލީގައި އިއްޔެ ދެއްވި އިންޓަވިއުގައި އިންޑިއާގައި ހުންނަ އާޖެންޓީނާގެ ސަފީރު ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވަމުން އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ކުރިއަރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ގުޅުމަކީ އެއް މަސްލަހަތުތަކަކާއި އެއް އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް. މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމުން މަސައްކަތްކުރަމުން ގެންދަނީ"
ސަފީރު ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން ފަހަކަށް އައިސް އިތުރަށް ފުޅާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަގާފީ ތައުލީމީ އަދި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ކުރިއަރަމުން އަންނަކަން ސަފީރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ސަފީރު ވިދާޅުވީ ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރުވަމުން އަންނަކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ގައުމުން މަސައްކަތްކުރާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް