Friday, 13 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ތައުލީމީ ނިޒާމުގައި ޑިޖިޓަލް ޓެކްނޮލޮޖީތައް އެކުލަވައިގެން ރާއްޖޭގެ ކުރިމަގު އުޖާލާ ކުރެވިދާނެ: ރައީސް

ތައުލީމީ ނިޒާމުގައި ޑިޖިޓަލް ޓެކްނޮލޮޖީތައް އެކުލަވައިގެން ރާއްޖޭގެ ކުރިމަގު އުޖާލާ ކުރެވިދާނެ: ރައީސް

މަތީފަންތީގެ އީ-ލާނިން ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސާ އަދި ވާޗުއަލް ރިއަލިޓީ، ތައުލީމީ ނިޒާމުގެ ތެރޭގައި އެކުލަވައިގެން ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ގައުމެއްގެ ކުރިމަގު، މުސްތަގުބަލުގެ ޖީލުތަކަށް އުޖާލާކޮށްދެވިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ދުނިޔޭގެ ތައުލީމު ދުވަހާ ގުޅޭގޮތުން ހިއްސާކުރެއްވި ހާއްސަ މެސެޖުގަ އެވެ.

މި އަހަރުގެ ދުނިޔޭގެ ތައުލީމު ދުވަހުގެ ޝިއާރަކީ "އޭއައި އެންޑް އެޑިއުކޭޝަން: ޕްރިޒަވިން ހިއުމަން އޭޖެންސީ އިން އަ ވޯލްޑް އޮފް އޮޓޮމޭޝަން" އެވެ. އެ ޝިއާރަަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައުލީމީ ނިޒާމަށް ފުރުސަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. މިފަދަ ޒަމާނެއްގައި، ފަންނިއްޔާތާއި ތައުލީމު އެކުއެކީގައި އެކުލެވިގެން ދިއުމަކީ ލާޒިމު ކަމެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

ރައީސް ވިދާޅުވި ގޮތުގައި މަތީފަންތީގެ އީ-ލާނިން ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސާ އަދި ވާޗުއަލް ރިއަލިޓީ، ތައުލީމީ ނިޒާމުގެ ތެރޭގައި އެކުލަވައިގެން ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ގައުމެއްގެ ކުރިމަގު، މުސްތަގުބަލުގެ ޖީލުތަކަށް އުޖާލާކޮށްދެވިދާނެ ކަމުގަ އެވެ.

ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ރާއްޖޭގެ ތައުލީމީ ނިޒާމުން ދަނީ ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވަމުންކަން ފާހަގަކުރެއްވި އެވެ. އަދި "ސްޓީމް" ތައުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިއަދު، ތައުލީމުގެ މުހިންމުކަން ހަނދާންކުރަމުންދާއިރު، ކުޑަކުދިންނާއި ޒުވާނުންގެ އިލްމާއި ހުނަރުތައް އިތުރު ކުރުމަށް ތައުލީމީ ދާއިރާގައި މަސައްކަތްތައް ކޮށްދެއްވާ ދިވެހި އަދި ބޭރުގެ ތައުލީމީ މުއައްސަސާތަކާއި ވަކިވަކި ފަރުދުންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

މި ގައުމުގެ ކޮންމެ ކުއްޖަކީ ވެސް، އެ ކުދިންގެ ތުއްތު ސިކުނޑިތައް މުއްސަނދިކޮށްދޭ ފަދަ އަގުކުރުންތައް ގާއިމުކޮށްދޭ، ހިޔާލާއި އުފެއްދުންތެރި ކަމަށް ހިތްވަރުދޭ އަދި ބަދަލުވަމުންމިދާ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ގާބިލުކަން ލިބޭ ފަދަ، ރަނގަޅު ފެންވަރުގެ ތައުލީމު ލިބޭ ކުއްޖެއްކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ ދެއްވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.