Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލޭގެ އުސް އިމާރާތަކުން ކުޑަ ކުއްޖަކު ނުވެއްޓުނީ ހަމަ ކިރިޔާ

މާލޭގެ އުސް އިމާރާތަކުން ކުޑަ ކުއްޖަކު ނުވެއްޓުނީ ހަމަ ކިރިޔާ

މާލޭގެ އުސް އިމާރާތަކުން ކުޑަކުއްޖަކު ވެއްޓޭ, ނުވެއްޓޭ ހާލުގައި އޮއްވައި ސަލާމަތްކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުން އެ ކުޑަކުއްޖާ އުޅެނީ އިމާރާތެއްގެ 5 ވަނ ބުރީގެ ކުޑަ ދޮރަކުން ތިރިއަށް ފައިބާށެވެ.

އަދި ކުޑަކުއްޖާ ފައިބަން އުޅޭއިރު ތިރީގައި ތިބި މީހުން ހަޅޭއްލަވާ އަޑުވެސް އިވެ އެވެ. އަދި މީހުން ހަޅޭއްވަލާތީ ކުޑަކުއްޖާ މައްޗަށް އަރަން އުޅޭތަން ވެސް ފެނެ އެވެ،

Advertisement
Ooredoo — Square (box)

އަދި ކުޑަ އިރޮކޮޅެއްފަހުން ކޮންމެވެސް މީހަކު ކުޑަދޮރު ކައިރިއަށް އައިސް ކުޑަކުއްޖާ އެތެރެއަށް ވައްދާ މަންޒަރުވެސް ފެނެއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުން އެ ހާދިސާ ހިނގާފައިވަނީ ހެންވޭރުގެ ގެއެއްގަ އެވެ. ނަމަވެސް މިއީ ކޮން އިރަކު ހިނގިކަމެއް ކަމެއް ސާފެއް ނުވެއެވެ.

ވައިރަލްވި ވީޑިއޯ ނުސާފުކަމުން އެއީ ކިހާވެރެއްގެ ކުޑަ ކުއްޖެއްކަމެއް ސާފެއް ނުވެއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

އުސް އިމާރާާތްތަކުން މީހުން ވެއްޓި މަރުވުމުގެ ހާދިސާތައް މީގެ ކުރިން މާލޭގައި ހިނގައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް