Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކެފޭއެއްގައި ހިންގި މާރާމާރީގައި ޒަހަމުވި ބިދޭސީއަކަށް އައިޖީއެމްއެޗުގައި ފަރުވާދެނީ

ކެފޭއެއްގައި ހިންގި މާރާމާރީގައި ޒަހަމުވި ބިދޭސީއަކަށް އައިޖީއެމްއެޗުގައި ފަރުވާދެނީ

މާލޭގެ މާވެޔޮ މަގުގައި ހުންނަ ތާސީރު ކެފޭގައި ހިނގި މާރާމާރީގައި ޒަހަމުވި ބިދޭސީއަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ މާރާމާރީގައި ޒަހަމުވި މީހާ ކެފޭ ތެރޭގައި އިށީދެގެން އިންނަ މަންޒަރެވެ. އޭރު ވެސް އޭނާގެ ހަށިގަނޑުން ލޭ ފައިބަމުންދެ އެވެ.

އޭނާއަށް އެހީވާން ދިވެއްސަކު މަަސައްކަތް ކުރާއިރު، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

Advertisement
Ooredoo — Truecaller (box)

މީީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވަނީ މާރާމާރީގެ މައްސަލަ އެ އިދާރާއަށް ލިބުނީ މެންދުރު 12:10 ހާއިރު ކަމަށެވެ. މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.

މާރާމާރީ ހިންގާފައި ވަނީ ބިދޭސީންތަކެއްގެ މެދުގައި ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ބުނި ގޮތުގައި މާރާމާރީގައި ޒަހަމުވި ބިދޭސީއަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް