Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

6076 ބިދޭސީން ޑީޕޯޓްކޮށް، 24 ހާހަށްވުރެ ގިނަ ބިދޭސީން ރެގިއުލަރައިޒްކޮށްފި

6076 ބިދޭސީން ޑީޕޯޓްކޮށް، 24 ހާހަށްވުރެ ގިނަ ބިދޭސީން ރެގިއުލަރައިޒްކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 6 ހާހަށްވުރެ ގިނަ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން، އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށް، 24 ހާހަށްވުރެ ގިނަ ބިދޭސީން ރެގިއުލަރައިޒް ކޮށްފި އެވެ.

ބުރާސްފަތި ދުވަހު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެދެވޭ އެންމެ ހަލުވިމިނުގައި ކުރިއެރުވުމުގައި އަދި ވަކިން ހާއްސަކޮށް ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޒަމާނުއްސުރެ އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހާ ހަމަޔަށް ކުރެވިފަައިވާ މަސައްކަތުގެ އަދާހަމަ ރައީސް ހިއްސާކުރެއްވި އެވެ. ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

<strong>"ނޮވެމްބަރު 17، 2023 އިން ފެށިގެން މިއަދާ (ބުރާސްފަތި) ހަމައަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6076 ބިދޭސީން ވަނީ ފުރުވާލެވިފާ"</strong> ރައީސް ވިދާޅުވީ ކުރީގެ 5 އަހަރުގައި ފުރުވާލާފައިވަނީ 2649 ބިދޭސީން ކަމަށެވެ.

ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށާއި އެމީހުންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު ބައޯމެޓްރިކްސް ނެގުމަށް "އޮޕަރޭޝަން ކުރަނގީގެ" ނަމުގައި އޮޕަރޭޝަނެއް މޭ 2، 2024 ގައި ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން ފަށާފައިވެ އެވެ.

އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 24,540 ބިދޭސީން ރެގިއުލަރައިޒްކުރެވިފައިވެ އެވެ. އޭގެ ކުރީގެ 5 އަހަރު 2018 އިން 2023 އަށް ރެގިއުލަރައިޒް ކޮށްފައިވަނީ 21،425 ބިދޭސީންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް ހަދާފައިވާ "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 1297 މައްސަލަ ހުށަހެޅިފައިވާއިރު އޭގެ ތެރެއިން ނުނިމި އޮތީ 11 މައްސަލަ އެވެ.

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯޓު ކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް